Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ކާޑު މެޝިން ދޫކުރުން ބިޒްނަސް ސެންޓަރަށް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކާޑު މެޝިނާއި މެޝިންގެ ރޯލު މާލޭގައި، ބީއެމްއެލް މާލޭ ބިޒްނަސް ސެންޓަރުން އެކަނި ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ މިގޮތަށް އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި މާލޭ ބިޒްނަސް ސެންޓަރުގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ބީއެމްއެލްގެ ބްރާންޗް މެދުވެރިކޮށްވެސް ކާޑު މެޝިންގެ ރޯލު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެެވެ.

ބީއެމްއެލްގެ ކާޑު މެޝިނާއި މެޝިންގެ ރޯލު މާލޭގައި ކުރިން ދޫކުރަމުން ދިޔައީ އޯކިޑްމާގޭގައި ހިންގަމުން ދިޔަ ބީއެމްއެލް ބްރާންޗުންނެވެ.

މިބަދަލު ގެނައީ ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް ވީހާވެސް ލުއި ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.