އުރީދޫ މަސް ރޭހުގެ އައްޑޫ އެޑިޝަން މާދަމާ މެނދުރު ފަހު 2:30 ގައި ސ. މަރަދޫ ބަނދަރުގައި ފަށާނެ ކަމަށް އުރީދޫން ހާމަކޮށްފިއެވެ.
މިއަހަރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވަކިވަކިން ބާއްވާ މި ރޭހުގައި އައްޑޫ އެޑިޝަންގައި ޖުމްލަ 7 ޓީމެއް ވަނީ ޖަގަ ކަށަވަރުކޮށްފައެވެ. އެގޮތުން އައްޑޫގެ އެކި އަވަށްތަކުން ޓީމުތައް ވަނީ ބައިވެރިވެފައެވެ. އެ ޓީމުތަކަކީ:
- ޓީމް އޭ.އޭ.އާރް.ސީ
- ޓީމް ބަރަކޫޑާ
- ޓީމް ފެހުރިހި
- ޓީމް ހެޕީ މާކެޓް
- ޓީމް ހޮނޑެލި
- ޓީމް ސްކޫޕެ ކަންމަތި
- ޓީމް އެމްޓީސީސީ
މި ޓީމުތައް ފުރުމަށް މަހަށް ފުރުމަށް ހަމަޖެހިފައިވަނީ، މާދަމާ މެނދުރު ފަހު 2:30 ގައި މަރަދޫ ބަނދަރުންނެވެ. އަދި މަސް ބާނައިގެން ރޭގަނޑު 9:00 ކުރިން ބަނދަރަށް ވަންނަން ޖެހެއެވެ.
ޓީމުތައް ބޭނި މަސް ކިރުވުމާއި، ވަނަތައް ދިނުމުގެ ކަންކަން ކުރިއަށް ދާނީ މަރަދޫ ބަނދަރު ސަރަހައްދުގައެވެ. އެގޮތުން އެންމެ މޮޅު ޓީމުތަކުގެ އިތުރުން އެންމެ މޮޅި އަންހެން އަދި ފިރިހެން މަސްވެރިޔާ ހޮވާނެއެވެ.
ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ލިބޭ އިނާމު:
* 1 ވަނަ ޓީމް: 25،000ރ.
* 2 ވަނަ ޓީމް: 10،000ރ.
* 3 ވަނަ ޓީމް: 5،000ރ.
* އެންމެ މޮޅު ފިރިހެން ކެޔޮޅު: 1،000ރ.
* އެންމެ މޮޅު އަންހެން ކެޔޯޅު: 1،000ރ.
އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެން ބާއްވާ މި ފަހަރުގެ މަސް ރޭސް ސިޓީތަކުގައި ބާއްވާ އިރު، މުބާރާތް ސިޓީތަކުގައި ހޯސްޓްކުރަން ކައުންސިލްތަކުގެ ދައުރު ބޮޑެވެ. މިފަހަރު އައްޑޫސިޓީގައި ބާއްވާ ރޭހުގެ ހޯސްޓިންގް ޕާޓްނަރ އަކީ އައްޑޫސިޓީ ކައުންސިލެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އައްޑޫލައިވްއެވެ.