Last Updated: July 18, 13:50
Saturday, July 18, 2026
ދުނިޔެ

މެލޭޝިއާގައި ހައިވޭއަކަށް ޖެޓެއް ވެއްޓި 10 މަރު

މެލޭޝިއާގައި ޕްރައިވެޓް ޖެޓެއް ވެއްޓި 10 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަށް މީހުންނާ އެކީ ދަތުރުކުރި ޖެޓް ހައިވޭކަށް ވެއްޓި ގޮވި އިރު، އިރު އޭގެ ބައިތައް ޖެހުނީ ހައިވޭގައި ދަތުރުކުރަމުން ދިޔަ ކާރަކާއި ސައިކަލެއްގެ ދަތުރު މީހެއްގެ ގައިގަ އެވެ. މަރުވިކަން ކަށަވަރުވާ 10 މީހުންގެ ތެރޭގައި ހިމެނެނީ ޖެޓްގައި ތިބި މީހުންނާއި ސައިކަލުން ދަތުރުކުރި ދެ މީހުންނެވެ.

ނަމަވެސް އެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. މި ހާދިސާގައި ޒަހަމްވި އިތުރު ބަޔަކަށް އަންނަނީ ހޮސްޕިޓަލްގައޮ ފަރުވާ ދެމުންނެވެ.

ހައިވޭ އަށް ވެއްޓުނު ޖެޓަކީ މެލޭޝިއާގެ ރިސޯޓް ރަށެއް ކަމަށްވާ ލަންގްކާވީ އިން ސެލަންގޯރަށް ދަތުރުކުރި އެއްޗެކެވެ. ފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ބީޗްކްރާފްޓް މޮޑެލް 390 މި ޖެޓް ވައިިިގެ ތެރޭގައި ގޮވައި ވެއްޓުނީ އެ ދަތުރު ފެށިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެއާޓްރެފިކް ކޮންޓްރޯލާ ވެސް މުއާމަލާތް ކެނޑިފައި ވަނިކޮށް ކަމަށެވެ.

ޖެޓްގެ ބްލެކްބޮކްސް ހޯދުމުގެ މަސައްކަތް އޮފިޝަލުން މިހާރު ކުރަމުން އަންނަ އިރު، މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.