Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ރެސްޓޯރަންޓްގެ ހިއްސާ ޕްރިޔަންކާ ދޫކޮށްލައިފި

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ހިއްސާވެގެން އެމެރިކާގެ ނިއު ޔޯކްގައި "ސޯނާ" ގެ ނަމުގައި ހިންގަމުން އައި ރެސްޓޯރަންޓްގެ ހިއްސާ އޭނަ ދޫކޮށްލައިފި އެވެ.

އިންޑިއާގެ ކެއުންތަކަށް ހާއްސަ އަދި ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މި ރެސްޓޯރަންޓަކީ މަޝްހޫރު ޝެފެއް ކަމަށްވާ މަނީޝް ކޭ ގޯޝްއާ ހިއްސާވެގެން ޕްރިޔަންކާ ހިންގަމުން އައި ތަނެކެވެ. އެ ވިޔަފާރީގައި އޮތް ހިއްސާ ޕްރިޔަންކާ ދޫކޮށްލައިވާކަން އެތަނުގެ މެނޭޖްމަންޓުން މީޑިއާތަކަށް ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ.

ގޯޔަލް ބުނި ގޮތުގައި "ސޯނާ" ގައި ޕްރިޔަންކާ ހިއްސާވުމަކީ ވިޔަފާރި އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އަމިއްލަ އެހެން ކަންކަމަށް ފޯކަސްކުރަން އޭނަ ރެސްޓޯރެންޓްގެ ހިއްސާ ދޫކޮށްލި ނަމަވެސް ޕްރިޔަންކާ އަކީ އަބަދު ވެސް "ސޯނާ" އާއިލާގެ މެމްބަރެއް ކަމަށް އޭނަ ބުންޏެވެ.

އެ ރެސްޓޯރަންޓް ސޯޝަލް މީޑިއާގައި ޕްރިޔަންލާ ދޭތެރެ ދޭތެރެ އިން ޕްރޮމޯޓް ވެސް ކުރެ އެވެ.

އިންޑިއާގެ ފިލްމީ ތަރިން ނިއު ޔޯކަށް ކުރާ ދަތުރުތަގައި "ސޯނާ" ގެ ރަހަތައް ތަޖުރިބާކުރުމަކީ އާންމު ކަމެކެވެ. އެގޮތުން ކެޓްރީނާ ކައިފަކީ އެ ރެސްޓޯރަންޓްގެ ހިދުމަތަށް ވަރަށް ބޮޑަށް ތައުރީފުކުރާ ބަތަލާއެކެވެ.

ޕްރިޔަންކާ އަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ ކައިވެނިކޮށްގެންް މިހާރު އެ ގައުމުގައި ދިރިއުޅޭ ބަތަލާއެކެވެ.