ދައުލަތުގެ މީޑިއާއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސް ސެޕްޓެމްބަރު އެއްވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ދައުލަތުގެ މިޑިއާއިން ހާމަކޮށްފިއެވެ.
މިހާތަނަށް ރާއްޖޭގެ އެންމެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވާ ރިޔާސީ އިންތިހާބަކީ މިއަހަރު ބާއްވާ އިންތިހާބެވެ. އެގޮތުން ޖުމްލަ 8 ކެނޑިޑޭޓަކު ކުރިމަތިލާފައިވާއިރު، އަމިއްލަ ގޮތުން 3 ކެންޑިޑޭޓުން އަދި ޕާޓީތަކުން 5 ކެނޑިޑޭޓުން މި އިންތިޙާބުގައި ބައިވެރިވެއެވެ. ރިޔާސީ އިންތިޙާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނަކީ:
- އުމަރު ނަސީރު – އަމިއްލަ ގޮތުން
- ހަސަން ޒަމީލް – އަމިއްލަ ގޮތުން
- ރައީސް އިބްރާހިމް މުހައްމަދު ސާލިހް – އެމްޑީޕީ
- ޑރ. މުހައްމަދު މުޢިއްޒު – ޕީއެންސީ
- ޤާސިމް އިބްރާހީމް – ޖޭޕީ
- ފާރިސް މައުމޫން – އަމިއްލަ ގޮތުން
- އިލްޔާސް ލަބީބް – ދަ ޑިމޮކްރެޓްސް
- މުހައްމަދު ނާޒިމް – އެމްއެންޕީ
އިންތިޙާބުގެ ކެމްޕެއިން ފޯރިއާއެކު މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު، ދައުލަތުގެ މީޑިއާއިން ބާއްވާ މި ބަހުސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ރޭގަނޑު 9:00 ގައެވެ. މި ބަހުސްގައި ހުރިހާ ކެނޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.
ދައުލަތުގެ މީޑިއާއިން އިންތިޒާމުކޮށްގެން ބާއްވާ މި ބަހުސް، އަކީ ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށްވެސް ބާއްވާ ބަހުސްއެކެވެ. މިގޮތުން އެންމެ ފަހުން ބޭއްވި 2018 ގެ ރިޔާސީ އިންތިހާބުގައި ދައުލަތުގެ މީޑިއާއިން ބޭއްވި ބަހުސްގައި އޭރު ބައިވެރިވީ، އޭރުގެ ރައީސް އަބްދުﷲ ޔާމީން އެކަނިއެވެ.