Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ގަން އެއާޕޯޓްގެ ކެފެޓީރިއާ އަލުން ބީލަމަށް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކޮށްފައިވާ އޯތެންޓިކް މޯލްޑިވްސްގެ އައުޓްލެޓްގައި ކެފެޓީރިއާއެއް ހިންގާނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

މިއީ މި އަހަރުގެ ތެރޭގައި މިކަން ބީލަމަށް ހުޅުވައިލި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ބީލަމަށް ހުޅުވައިލީ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭފެ ފަހުން މިދިޔަ މަހުގެ ތެރޭގައި ވެސް ކެފެޓީރިއާ ހިންގާނެ ބަޔަކު ހޯދަން ބީލަމަށްލި އެވެ.

މިކަން ކުރިއަށް ގެންދާ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

މިކަމާ ބެހޭ މައުލޫމާތު މި ނަމްބަރު 3330587 އާއި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.

ބީސީސީން ގަން އެއާޕޯޓްގެ ޓްރާންސިޓް ލައުންޖްގައި އޯތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ހުޅުވަން މަސައްކަތްކުރާ ގިނަ ދުވަސްތަކެއް ފަހުން އެތަން ހުޅުވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މިއީ ދިވެހި އުފައްދުންތައް ވިއްކަން ހާއްސަ ތަނެކެވެ.