Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އާލިއާ އެދެނީ ކަރީނާއާ އެކީ ކާސްޓްކޮށް ދޭން

ކަރީނާ ކަޕޫރާ އެކީ ފިލްމެއްގައި ކާސްޓްކޮށް ދޭން ބަތަލާ އާލިއާ ބަޓް އެދިއްޖެ އެވެ.

މި ދެ ތަރިން އެކީގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓްރާމްގައި ޕޯސްޓްކޮށް، އާލިއާ ބުނީ "ހެޔޮނުވާނެ ކޮންމެވެސް މީހަކު އަހަރެމެން ދެ މީހުން ފިލްމެއްގައި ކާސްޓްކޮށްދޭން އެދޭ" ކަމަށެވެ. އޭނަގެ މި ޕޯސްޓާ ގުޅިގެން އާލިއާގެ އެންމެ ފަހުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޑައިރެކްޓަރު ކަރަން ޖޯހަރް ވަނީ ކަރީނާ އާއި އާލިއާގެ ފިލްމެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ކަރަންގެ ވަރަށް ބޮޑު ފެވަރިޓުންތަކެއް ކަމަށްވާ މި ދެ ތަރިންނަކ ކަރަންގެ ފިލްމަކަށް ކުރިން ހަމަޖެއްސި ދެ ތަރިން ކަމެވެ. އެއީ ކަރަން 2018 ގައި އިއުލާންކޮށް، ފަހުން އެކިއެކި ސަބަބުތަކާ ހެދި ހުއްޓާލާފައި އޮތް ތާރީހީ ލޯބީގެ ފިލްމު "ތަހުތު" އެވެ.

އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ދުވަސްވަރު އެ އާއިލާގެ ތެރޭގައި އޮތް ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދަން ނިންމި ފިލްމުގައި އާލިއާ އާއި ކަރީނާގެ އިތުރުން ޖާންވީ ކަޕޫރާއި ބޫމީ ޕިޑްނޭކަރާއި ރަންވީރު ސިންގް އާއި ވިކީ ކޯޝަލާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.

އާލިއާ އަކީ ކަރީނާގެ ފަހަރިއެކެވެ. އާލިއާގެ ފިރިމީހާ އެކްޓަރު ރަންބީރް ކަޕޫރަކީ ކަރީނާގެ ކަޒިންއެކެވެ. އާލިއާ އާއި ކަރީނާ ކުރިން އެއް ފިލްމަކުން ފެނިފައިވެ އެވެ. އެކަމަކު ދެ ތަރިން އެކީގައި ފެންނަ މަންޒަރުތަކެއް ނުހިމެނޭ އެ ފިލްމަކީ 2016 ގެ "އުޅުތާ ޕަންޖާބު" އެވެ.