Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ދޯނޯ" އޮކްޓޯބަރު 5 އަށް

ރާޖްޝްރީ ޕްރޮޑަކްޝަންގެ އާ ފިލްމު "ދޯނޯ" މި އަހަރުގެ އޮކްޓޯބަރު 5 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމަކީ އެކްޓަރު ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް އާއި ބަތަލާ ޕޫނަމް ދިލަންގެ އަންހެން ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ.

މިދިޔަ މަހުގެ ތެރޭގައި ޓީޒާއެއް ވެސް ދައްކައިލި "ދޯނޯ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަވްނީޝް ބަރްޖަތިއާ ހަދާފައިވާ ފިލްމެކެވެ. އޭނަ އަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ މަގުބޫލު އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިއެކެވެ.

ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީން އެންމެ ފަހުން ގެނެސްދިނީ އޭނަ ޑައިރެކްޓްކޮށް މިދިޔަ އަހަރު ރިލީޒްކުރި "އޫޗާއީ" އެވެ.

"ދޯނޯ" އަކީ ޑެސްޓިނޭޝަން ވެޑިންއެއްގެ ތެރެއިން ދިމާވީ ދެ މީހެއްގެ ލޯބީގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ.