ހިންދީ ސިނަމާ އަށް މިހާތަނަށް އައި އެންމެ ކާމިޔާބު ހަނގުރާމަ ފިލްމު ކަމަށްވާ "ބޯޑާ" ގެ ދެވަނަ ބައި ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޑައިރެކްޓަރު ޖޭޕީ ދައްތާ 1997 ގައި ގެނެސްދިން ފިލްމުގެ ސީކްއެލްއެއް ހަދަން ވާހަކަ ދެކެވޭތާ ދެތިން އަހަރުވެއްޖެ ކަމަށާއި މިހާރު އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާފައިވާ ކަމަށެވެ. ވެެގޮތުން "ބޯޑާ 2" ވަރަށް އަވަހަށް އިއުލާންކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
މީޑިއާތަކުން ބުނީ "ބޯޑާ" ގައި އެ ފިލްމު ރިލީޒްކުރި ދުވަސްވަރުގެ މަޝްހޫރު ތަރިންތަކެއް ހިމެނުނަސް، ކުރީ ބައިގެ ފިލްމުން އާ ފިލްމުގެ ކާސްޓާ ގުޅޭނީ ސަނީ ޑިއޯލް އެކަންޏެވެ. ދެން "ބޯޑާ 2" ގައި ހިމެނޭނީ މިހާރުގެ ޒުވާން ބައެއް ތަރިން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
އެންމެ 10 ކްރޯޑް ރުޕީސް (1.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ބޯޑާ" އަށް ބޮކްސް އޮފީހުގައި 65.75 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު، މީގެ ކާސްޓްގައި ސުނިލް ޝެޓީ، އަކްޝޭ ކަންނާ، ޖެކީ ޝްރޮފް، ތައްބޫ އަދި ޕޫޖާ ބަޓް ފަދަ ދަރިން ހިމެނެ އެވެ.
މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ގެނެސްދިން ވަތަނީ ފިލްމެކެވެ. އައްނޫ މަލިކް މިއުޒިކް ހޯދި "ބޯޑާ" އަކީ ފިލްމުގެ ލަވަތަކުގެ ތެރެއިން "ސަދޭ ސޭ އާތޭ ހޭ" އަކީ ގައުމީ ރޫހު އާލާކޮށްދޭ ވަރަށް އަސަރު ގަދަ އަދި މިހާރު އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރު ލަވައެކެވެ.
މި ފިލްމުގެ ޑައިރެކްޓަރު ޖޭޕީ ދައްތާ، 73، ގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ ހަނގުރާމަ ފިލްމު "ޕަލްޓާން" އެވެ.