އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ކެމްޕޭނަށް ކ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަން ފައްޓަވައިފިއެވެ.
އެގޮތުން ފާރިސް އިއްޔެ ވަނީ ކ. އަތޮޅުގެ ދިއްފުށި، ތުލުސްދޫ، ހުރާ، އަދި ހިންމަފުއްޓަށް ވަޑައިގެންފައެވެ. އެގޮތުން އެ ރަށްރަށަށް ވަޑައުގެން ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސާފުކުރެއްވުމުގެ އިތުރުން، ފާރިސްގެ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށްދީފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
ފާޜިސް ކ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރަމުން އަންނައިރު، ފާރިސްގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރް ޔޫސުފް ގެންދަވަނީ ބ. އަތޮޅުގެ ރަށްތަކުގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދަވަމުންނެވެ.
#Thulusdhoo https://t.co/FkyPA4xTK2
— faris 🇲🇻 🇵🇸 (@afarismaumoon) August 19, 2023
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް 8 ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު، އެކެންޑިޑޭޓުން އަންނަނީ ކެމްޕޭން ހަރަކާތްތައް ފޯރިއާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދަމުންނެވެ.