ހިޖާބު އަޅާތީ "ތިއީ ޕެންގުއިންއެއްތޯ" މީހަކު ސުވާލުކޮށް، ކުރި ފުރައްސާރައަކާ ގުޅިގެން ޒުވާން އަންހެނަކު އޭނަގެ ޝުއޫރުތައް ޓިކްޓޮކްގައި ހިއްސާކޮށްފި އެވެ.
ކަޅު ކުލައިގެ ހިޖާބެއްގައި އިން މީހާ ބުނި ގޮތުގައި އޭނަ އަކީ އެކްއޭރިއަމެއްގައި މަސައްކަތްކުރާ މީހެކެވެ.
އެގޮތުން އެއް ދުވަހަކު އޭނަ މަސައްކަތުގައި އުޅެނިކޮށް، ދުވަސްވީ ފިރިހެނަކު ކައިރި އަށް ގޮސްފައި "ތިއީ ޕެންގްއިންތޯ" ސުވާލުކުރި ކަމަށް ބުންޏެވެ. އެ ސުވާލާ އެކީ ލިބުނު ހައިރާންކަމާ އެކީ ބުނާނެ އެއްޗެއް ނޭނގި އިރުކޮޅެއް ވަންދެން ހުންނަން ޖެހުނު ކަމަށް އޭނަ ކިޔައި ދިނެވެ.
"އޭނަ އެހެން އެހީމަ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެސް ނޭނގުނު. ފުރަތަމަ ހީކުރީ އަހަރެން ހެދުން އިން ގޮތުން ޕެންގްއިންއެއް ސިފަކޮށްދޭތީ އޭނަ މަޖަލަޖަށް ބުނި އެެއްޗެއް ކަމަށް." އަންހެން މީހާ ބުންޏެވެ.
@angelgeishaa Im not a penguin 🐧 #hijabi #hijab #jilbab #muslim #muslimtiktok #muslimah #hijabitiktok ♬ original sound – Mrsshahh
އެކަމަކު އެއީ މަޖަލަކަށް ބުނި އެއްޗެއް ނޫން ކަމަށާއި އިސްލާމީ ގިއުގަނޑާ އެއްގޮތަށް ހެދުން އަޅާފައި ހުރުމުން އެކަމަށް ކުރި ފުރައްސާރައެއް ކަމަށް ގަބޫލުކުރެވުނު ކަމަށް ބުންޏެވެ.
ޓިކްޓޮކްގެ މި ވާހަކަ ހިއްސާކުރުމުން ވަރަށް ގިނަ ބަޔަކު އެ ވީޑިއޯ އަށް ކޮމެންޓްކޮށް، ބައެއް އަންހެނުން އެ މީހުންގެ ތަޖުރިބާ ވެސް ހިއްސާކޮށްފައިވެ އެވެ.