މަޝްހޫރު މެކްޑޮނަލްޑްސް އިން ބޮލީވުޑްގެ ޒުވާން ފިލްމީ ތަރި ކާތިކް ނަން ދީފައިވާ މީލްއެއް މެނޫގައި ހިމަނައި އެ ރަސްމީކޮށް ތައާރަފުކޮށްފި އެވެ.
މިކަން މިއަދު ވަނީ މެކްޑޮނަލްޑްސް އިންޑިއާގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުގައި ވެސް ހިއްސާކޮށްފައި އެވެ. އޭގައިވާ ގޮތުން މިއީ "ކާތިކް އާރިއަން މީލް" އެވެ. އަދި މީގައި ހިމެނޭނެ ކަމަށް ބެލެވެނީ ކޯޗެއްތޯ އަހައި އޮޕްޝަންތަކެއް ވެސް ދީފައިވެ އެވެ. މެކްޑޮނަޑްސް އިންޑިއާ އިން ކާތިކްގެ ނަމުގައި މީލްއެއް ތައާރަފަކުރި އިރު، އޭނަ އަކީ އެމެރިކާގެ މި މަޝްހޫރު ފާސްޓްފުޑް ޗެއިންގެ އިންޑިއާގެ އެމްބެސެޑަރެކެވެ.
ކާތިކް، 32، އަކީ މިހާރު ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެކެކެވެ. އުމުރުން 32 އަހަރުގެ އެކްޓަރަކީ ޒުވާނުންގެ ބޮޑު ފޭންބޭސްއެއް އޮންނަ ތަރިއެކެވެ.
ކާތިކް ބުނީ ވަރަށް ކުޑައިރުން ފެށިގެން އޭނަ އަކީ މެކްޑޮނަލްޑްސްގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނަގެ ނަމުގައި އޭގެ މެނޫ އަށް މީލްއެއް އައުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. "ކާތިކް އާރިއަން މީލް" އަށް މިހާރު އިންޑއާގައި އޯޑަރުކުރެވޭނެ އެވެ.
ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި "ސަތިއަޕްރޭމް ކީ ކާތާ" އެވެ.