Last Updated: July 15, 17:55
Wednesday, July 15, 2026
ކުޅިވަރު

އަންހެން ވޯލްޑް ކަޕްގެ ޗެމްޕިއަނަކީ ސްޕެއިން

މި އަހަރުގެ ފީފާ އަންހެނުންފެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދައިފި އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި މިއަދު ކުޅުނު ފޯރިގަދަ ފައިނަލް މެޗް އެ ގައުމު ކާމިޔާބުކުރީ އިނގިރޭސިވިލާ ދެކޮޅަށް ކުޅެ 1-0 އިންނެވެ، މި ފަހަރުގެ މުބާރާތަކީ އިނގިރޭސިވިލާތް އަންހެން ވޯލްޑް ކަޕްގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއީ ސްޕެއިިންގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ޖުމްލަ 32 ގައުމަކުން ވާދަކުރި އަންހެނުންގެ ވޯލްޑް ކަޕް ފެށީ މިދިޔަ މަހުގެ 20 ގަ އެވެ. މެޗްތައް ކުޅުނީ މެޗްތައް އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްގެ ގައުމުގެ ނުވަ ސިޓީއެއްގެ 10 ސްޓޭޑިއަމެއްގަ އެވެ.