Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

މަރަދޫފޭދު އާއި ފޭދޫން ވިޔަފާރި އަށް 5 ބިމެއް ކުއްޔަށް

އައްޑޫސިޓީ ކައުންސިލް އިދާރާ / ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީ މަރަދޫ-ފޭދޫ 1 ބިން އަދި ފޭދޫން ހަތަރު ބިމެއް ވިޔަފާރި ބޭނުމަށް ކުއްޔަށް ދޭން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ފޭދޫގެ 3 ބިމެއް އާންމު ވިޔަފާރިއަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ފޭދޫގެ ކުރީގެ ކުޑަކުދިންގެ ޕާކާއި ދިމާލުން ހުރި ހަޓާއި އެކު އޮތް ބިން ރެސްޓޯރެންޓެއް ނުވަތަ ކެފޭއެއް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. މި ބިމަކީ 2516.3 އަކަފޫޓުގެ ބިމެކެވެ. މީގެ އިތުރުން ދެން ދޫކުރުމަށް ހުޅުވާލާފައިވާ ބިންތަކަކީ 1011 އަކަފޫޓާއި 1500 އަކަފޫޓާއި ދެމެދުގެ ބިންތަކެކެވެ.

 

މި ބިންތަކަށް ބީލަމުގައި ބައިވެރިވުމަށް، 21 އޯގަސްޓުން ފެށިގެން 29 އޯގަސްޓާއި ހަމައަށް ފުރުސަތުވަނީ ހުޅުވާލާފައެވެ. ބީލަމުގެ ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 300ރ. ދައްކަން ޖެހެއެވެ. އަދި މިމުއްދަތުގައި ބީލަމުގެ މައުލޫމާތު ރެޖިސްޓަރ ކުރާ ފަރާތްތަކަށް ކައުންސިލުން ދޭނެއެވެ.

މި ބިންތަކަށް ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ މިއަންނަ މަހުގެ 10 ވަނަ ދުވަހު ހެނދުނު 10:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގައެވެ.