Last Updated: May 2, 20:59
Thursday, May 2, 2024
މީހުން

އަޑޯބީގެ ދެވަނަ ވެރިޔާ ވެސް މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ސޮފްޓްވެއާ ކުންފުނި އަޑޯބީގެ ދެވަނަ ވެރިޔާ ޑރ. ޖޯން ވޯނޮކް ވެސް މަރުވެއްޖެ އެވެ.

އުމުރުން 82 އަހަރުގައި މިދިޔަ ހޮނިހިރު ދުވަހު އޭނަ މަރުވިކަން އަޑޯބީން ޖަށަވަރުކޮށް ދިން ނަމަވެސް މަރާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

އަޑޯބީ އަކީ ޖޯން އާއި ޗާލްސް ގެެޝްކީ މީގެ 40 އަހަރު ކުރިން 1982 ގައި ވުޖޫދަށް ގެނައި ކުންފުންޏެވެޖެ. ޗާލްސް ވަނީ 2021 ގައި 81 އަހަރުގައި މަރުވެފަ އެވެ. ޖޯން ވަނީ 2000 ވަނަ އަހަރާ ހަމައަށް އެޑޯބީގެ ސީއީއޯގެ މަގާމު އަދާކޮށްފަ އެވެ. އަދި އޭނަ 2001 ގައި ރިޓަޔާކުރި އިރު، ހުރީ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރުގެ މަގާމުގަ އެވެ.

ޖޯން މަރުވި އިރު އަންބަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.