ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ސަރުކާރުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެމްޓީސީސީން ބުނެފައިވަނީ ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 17 އޯގަސްޓް 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަޙައްދެއްގައި 2 ކްލާސް ރޫމާއި، 2 ވޯރކްޝޮޕާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީ ހިމެނޭ އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަޝްރޫއަކީ 11.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.