Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

އެމްޑީޕީ 3 މެންބަރެއްގެ ނަން އިއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރި ބައެއް މެންބަރުންގެ ނަން އިއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު ރިޔާސަތުގައި އިންނެވީ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ ޖަލްސާ ފެށި ކުޑައިރުކޮޅެއްގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންވަނީ މަޖިލީހުގައި އަޑުގަދަ ކޮށް ރައީސް ނަޝީދު ރިޔާސަތުގައި އިންނެވުމުން އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.

މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރުމުން ނަން އިއްވާފައިވަނީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީގެއެވެ.

ނަން އިއްވުމުންވެސް އެ މެންބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން މަޖިލީގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ވަނި މަޑުޖެހިފައެވެ.