ސިއްހީ ހާލަތު ހުރި ގޮތުން މީހެ ހަފުތާއެއްހާ ދުވަސް ކުރިން އަތޮޅުތެރޭގެ ކެމްޕޭން ދަތުރު މަޑުޖައްސަވާލެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބ. ފުޅަދު އަށް ވަޑައިގެންފި އެވެ.
އެ ރަށަށް ރައީސް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު، ސަޕޯޓަރުންކާ އެކީ މިހާރު އަންނަނީ ބައްދަލުވުމެއް ބާއްވަމުންނެވެ.
އަތޮޅުތެރޭގެ ކެމްޕޭން ދަތުރު މިއަދު އަލުން ފެއްޓެވުމަށް ފަހު ރައީސް މި ފަހަރު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ބ އާއި ރ. އަތޮޅުގެ ރަށްތަކަށެވެ. ރައީސް ވަނީ ކެމްޕޭނުގައި ރާއްޖޭގެ ގިނަ ރަށްތަކަށް މިހާތަނަށް ވަޑައިގެންފަ އެވެ.
ރައީސްގެ އަމާޒަކީ އަންނަ މަހުގެ 9 ގައި ބާއްވާ އިންތިހާބުގެ ކުރިން މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމެވެ.
ރައީސް ރަނިންމޭޓް މުހައްމަދު އަސްލަމް މިއަދު ހަވީރު އައްޑު އަށް ވަޑައިގަންނަވާނެ އެެވެ.