Last Updated: July 15, 17:55
Wednesday, July 15, 2026
ކުޅިވަރު

ނޭމާ އަށް އަދި އާ ޓީމަށް ކުޅެވޭކަށް ނެތް

މިދިޔަ ހަފުތާގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ސޮއިކުރި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އަށް އަނިޔާއާ ހެދި ޓީމަށް އަދި ކުޅެވެން ނެތް ކަމަށް އެ ކުލަބުން ބުނެފި އެވެ.

ހިލާލުގެ ކޯޗް ޖޯޖް ޖީސަސް ބުނީ ނޭމާ އަށް މެޗެއް ކުޅެވޭ ވަރުވާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ މެދު ތެރޭގައި ކަމަށެވެ.

"އޭނަ މި ވަގުތު އަނިޔާގައި ހުރީމަ މި ވަގުތަކު އަދި ނެތް މެޗެެއް ކުޅެވޭކަށް. އުންމީދު ކުރަނީ އަންނަ މަހުގެ މެދުތެރޭގައި ނޭމާ އަށް ހިލާލަށް ކުޅެވެން ފަށާނެ ކަމަށް. މިހެން ބުންޏަސް ސީދާ ބުނާކަށް ނޭނގޭ ކިހާ ހިސާބެއްގައި ކަމެއް ރިކަވެގެން ނޭމާ އަށް ކުޅެވޭ ވަރުވާނީ،" އޭނަ ބުންޏެވެ. "މަޑުމަޑުން އޭނަ ރިކަވަމުން އަންނަނީ."

ކޯޗް ބުނީ ނޭމާ އަކީ ވަރަށް ވަރުގަދަ ކުޅުންތެރިއެއް ކަމަށާއި އޭނަ ހިލާލަށް ކުޅެން ފެށުމާ އެކީ ޓީމުގެ ރޫހު އާލާވެ، ވަރުގަދަވާން ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

ފްރާންސްގެ ޕީއެސްޖީ ދޫކޮށްލައި ނޭމާ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދށުން ހިލާލަށް ސޮއިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.