ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުވި ސިޓީއެއްގައި މޫސާ ސިރާޖު ވިދާޅުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުރުމަށް ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދިނުމަށް ވަނީ އެދިފައެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، މިއަދުންފެށިގެން އަޅުގަނޑު އެމްޑީޕީން ވަކިވެއްޖައިން. pic.twitter.com/JN00CszdeK
— Moosa Siraj (@MoosesSiraj) August 21, 2023
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން މޫސާ ސިރާޖު ވަކިވެފައިވާއިރު، އޭނާ އެހެން ޕާޓީއަކާ ގުޅުމަށް ނިންމާފައިވާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީ އަތުން ގެއްލިފައިވާއިރު، މޫސާ ސިރާޖް މިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ހަރަކާތްތަކުންވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.