Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

ދެ ރަށެއްގައި ހިންގި މަޝްރޫއުތަކެއް އިފުތިތާހުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. ފުޅަދޫއާއި، ފެހެންދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެގޮތުން އެ ދެރަށުގެ ބަނދަރާއި ފުޅަދޫ އިންޖީނުގެއާ ފެނަކަ އައު އޮފިސް އިމާރާތް ވަނީ ހުޅުވައިދެއްވައިފައެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، 558 އަކަމީޓަރުގެ ޕޭވްމެންޓް ވަނީ ހަދާފައެވެ. އަދި ބަނދަރު ރަށާއި ގުޅާލުމަށްޓަކައި 68.3 މީޓަރު ދިގު އަދި 10 މީޓަރުފުޅާ ބްރިޖެއް ވަނީ އަޅާފައެވެ.

ފުޅަދޫ ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 538 ކިލޯވޮޓްއެވެ. ފުޅަދޫ އިންޖީނުގެ އަދި ފެނަކަ އައު އޮފީސް އިމާރާތްކޮށްފައި ވަނީ ރަށުގެ މީހުން އުޅޭ ސަރަޙައްދާއި ދުރުގައެވެ.

މީގެއިތުރުން ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުވެސް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، 558 އަކަމީޓަރުގެ ޕޭވްމެންޓް ވަނީ ހަދާފައެވެ. އަދި ބަނދަރު ރަށާއި ގުޅާލުމަށްޓަކައި 57.7 މީޓަރު ދިގު އަދި 10 މީޓަރުފުޅާ ބްރިޖެއް ވަނީ އަޅާފައެވެ.