މަހަކު 5،000ރ. ގެ އެލަވަންސަކާ އެކު ގައުމީ ޔުނިވަސިޓީގައި ޓޫރިޒަމް ދާއިރާ އިން ކިޔެވުމުގެ ފުރުސަތު ޖޮބް ސެންޓަރުން ހުޅުވާލައިފި އެވެ.
މިއީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ދަށުން ސަރުކާރުން އެހީ ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން ދަށުން މޯލްޑިވއސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި ކިޔަވަން ހުޅުވާލީ ޓުއާ ގައިޑިން އާއި ހައުސްކީޕިން އޮޕަރޭޝަންސް އާއި ކަލިނަރީ އާޓްސްގެ ދާއިރާއިންނެވެ. މިއީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެކެވެ.
ކޯސްތަކަށް އަންނަ ބުރާސްފައްޗާ ހަމައަށް އެޕްލައިކުވޭނެ އެވެ. ޝަރުޠަކީ އަސާސީ ތަޢުލީމު ފުރިހަމަކުރުން ނުވަތަ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި 18 އަހަރު ވެފައިވުމާއި ގުޅުން ހުފި ދާއިރާގައި އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުމެވެ.
ކަލިނަރީ އާޓްގެ ކިޔެވުން އެމްއެންޔޫގެ މާލެ މައި ކެމްޕަސްގައި ކުރިއަށް ގެންދަން ހަމަޖެހފައިވާ އިރު، ޓުއާ ގައިޑިން އާއި ހައުސްކީޕިން އޮޕަރޭޝަންސްގެ ކޯސްތައް ކުރިއަށް ދާނީ މާލޭގެ އިތުރުން ކުޅުދުއްފުށީ ކެމްޕަހުގަ އެވެ.