Last Updated: July 18, 13:50
Saturday, July 18, 2026
ދުނިޔެ

އިރާގުގެ ބިލްބޯޑަކަށް ބަރަހަނާ މަންޒަރު!

އިރާގުގެ ވެރިރަށ ބަގުދާދުގެ މަގުތައް މަތީގައި އިޝްތިހާރުތަކަށް ހާއްސަކޮށްގެން ބަހައްޓާފައިވާ ބިލްޑޯޑްތަކުގެ ތެރެއިން އެއްޗަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއްގައި ވަގުތީ ގޮތުން ބިލްބޯޑްތައް ނިއްވާލައި އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

އިއްޔެ ދިމާވި މި ކަންތަކާ ގުޅުގެން އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބަރަހަނާ މަންޒަރުތަކެއް އާންމުކޮށްފައި ވަނީ މެދުތެރޭގެ ބަގުދާދުގެ އުބްގާ ބިން ނަފޭ ސްކެއާގައި ހުރި ބިލްބޯޑަކުން ކަމަށެވެ. އެކަމާ ގުޅިގެން މީހަކު ހައްޔަރުކޮށް، މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިންޓީއާރިއާ މިނިސްޓްރީގެ ދަށުން ހިންގާ ފެޑެރަލް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން އެޖެންސީން ބުނީ ބިލްބޯޑެއްގައި ބަރަހަނާ އެޅުވީ ޑިޖިޓަލް ބޯޑެއް ހެކްކޮށްގެން ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައު އެކަން ކުރި މީހާ އެކަން ކުރީ އޭނަ ބަރަހަނާ މަންޒަރު އެޅުވި ބިލްބޯޑް މެނޭޖްކުރާ ކުންފުނީގެ ފަރާތުން ދިމާވި ފައިސާގެ މައްސަލަތަކަކާ ހެދި ހިތްހަމަނުޖެހިގެންނެވެ.

މިކަމާ ގުޅިގެން ބަގުދާދުގެ ގިނަ ބިލްބޯޑްތަކެއް ނިއްވައިލި ނަމަވެސް މިހާރު ބައެއް ބޯޑްތަކުން ވަނީ ކުިރިއެކޭ އެއްގޮތަށް އިޝްތިހާރުތައް ދައްކަން ފަށައިފައި ކަމަށް މީޑިއާތަކުން ބުންޏެވެ.

އިރާގުން މިދިޔަ އަހަރު ބަރަހަނާ ސައިޓްތައް ބްލޮކްކުރަން ނިންމުކަން އިއުލާންކޮށްފައިވެ އެވެ.