ފިޝަރީޒް މިނިސްޓްރީން އައްޑޫގައި އަޅާފައިވާ ހަތަރު އޮއިވާލި ކަނދުފަތީގެ ތެރެއިން ކެނޑިފައިވާ ކަދުފަތިތައް އަލުން އެޅުމަށް ފިޝަރީޒް މިނިސްޓްރީން ތައްޔާރުވަމުން އެބަދެ އެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އައްޑޫ ކަނޑުގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާ ދެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފައިވާއިރު ތިން ވަނަ ކަނދުފަތި ކަނޑައިގެން ދިޔައީ މިއަދު ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
"އެހެންވެ މަސް ބޭނުމުގައި މަސްވެރިންނަށް ދަތިތަކެއް ހުރި ކަމަށް މަސްވެރިން ފާހަގަ ކުރަނީ. އަނެއްކާ މި ދުވަސްކޮޅަކީ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި އޮތް ދުވަސްކޮޅަކަށް ވުމާ އެކު އޮއިވާލި ކަނދުފަތިތައް ކަނޑައިގެން ދިއުމުން މަސްވެރިން ތިބީ ވަރަށް ބޮޑު ކަންބޮވުމެއްގެ ތެރޭގައި،" މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މިއަދު 3 ވަނަ ކަނދުފަތި ކަނޑައިގެން ދިޔައީ ކުރިން ކަނޑަަައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތިތައް އަލުން އަޅަން ފިޝަރީޒް މިނިސްޓްރީން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.
" ރޯ ވުމުން ކަންކުރާ އުސޫލު މިއޮންނަނީ.3 ވަނަ އެތި ކަނޑައިގެން ނުދިޔަ ނަމަ އެމީހުން ހަމަ ތިބޭނީ ތައްޔާރުވެގެން. ދުވަހަކުވެސް ފެށޭ ވަރެއް ނުވާނެ" ، ހިތަދޫ އަށް ނިސްބަތްވާ މަސްވެރިޔަކު އައްޑޫ ލައިވަށް މައުލޫމާތު ދެމުން ބުންޏެވެ.