ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ކެމްޕޭނަށް ހދ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފިއެވެ.
ފާރިސް ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރު ފެއްޓެވީ އިއްޔެއެވެ. އެގޮތުން އިއްޔެވަނީ ނޮޅިވަރަމަށް އަދި ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ. އަދި މިއަދު ވަނީ ނޮޅިވަރަންފަރަށް ޒިޔާރާތްކުރައްވާފައެވެ.
📍Nolhivaram
Candidate 6️⃣✅ @afarismaumoon rayyithunnaa bahdhalu kurahvvaa kanboduvunthah saafu kurahvvaa, siyaasathu thah saafu kohdhevvanee. #Faris2023#FarisSattar2023 pic.twitter.com/ODQ7J57Xj4— Team Faris (@TeamFaris_) August 29, 2023
މިރަށްރަށުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ގެތަކަށް ޒިޔާރާތް ކުރައްވާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ދަނީ ހޯއްދަވަމުންނެވެ. މިދަތުރުގެ ތެރެއިން މިއަދު ހަނިމާދޫއަށް ވަޑައިގަންނަވާ ގޮތަށް ވަނި ހަމަޖެހިފައެވެ.
Check out Candidate #6 @afarismaumoon and Dr Abdul Sattar Yoosuf's Manifesto here. #FarisSattar2023 https://t.co/2iBk6o5kRd pic.twitter.com/wVS5MAbgqj
— Faris 2023 (@Faris2023mv) August 29, 2023
ސެޕްޓެމްބަރު 9 ގައި ރިޔާސީ އިންތިހާބު އޮންނައިރު ފާރިސްވެސް ގެންދަވަނީ އެކި ރަށްރަށަށް ދަތުރުކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ސިޔާސަތުތައް ހާމަކުރައްވަމުންނެވެ.