Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ފޭދޫގެ ކޮންޑޮމިނިއަމް ބީލަމުގައި

ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫ ފޭދޫގައި ހަދަން ނިންމާފައިވާ މަތީ ފަންތީގެ ކޮންޑޮމީނިއަމަށަށް ޝައުގުވެރިވާ ފަރާތްތަކަށް ކައުންސިލުން ހުޅުވާލައިފި އެވެ.

ފޭދޫގެ ހިއްކި ބިމުން ވިޔަފާރީގެ ބޭނުންތަކަށް ކަނޑައެޅި ސަރަހައްދުގައި ހަދަން ނިންމާފައިވާ މި ކޮންޑޮމީނިއަމް ތަރައްގީކޮށް، އެރަން އޮޕަރޭޓްކޮށް މެނޭޖްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ދީފައިވ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 7 ގަ އެވެ.

މި މަޝްރޫއު ހުޅުވާލާފައި ވަނީ ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ވެސް ބީލަމުގައި ބައިވެރިވެވޭ ގޮތަށެވެ. ދިވެހި ކުންފުނިތަކުން ބީލަމުގައި ބައިވެރިވާން 20،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި ބޭރުގެ ކުންފުނިތަކުން 1،300 ޑޮލަރު ދައްކަން ޖެހެ އެވެ.

ފޭދޫގައި 200 ކޮޓަރީގެ މަތީ މަތީގެ ކޮންޑޮމީނިއަމެއް ތަރައްގީކުރަން ކައުންސިލްގެ ޕްލޭނިން ސެކްޝަނުން ކައުންސިލަށް ހުށަހެޅުމުން މި މަޝްރޫއު ކުރިއަށް ގެންދަން ފެންނަން ކަމަށް ފާސްކުރީ މި މަހުގެ 10 ގަ އެވެ. އެ ދުވަހުގެ ޖަލްސާ އަށް ޕްލޭނިން ސެކްޝަނުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ފޭދޫ ހިއްކި ބިމުން އިންޑަސްޓްރިއަލް ޒޯނަށް ކަނޑައަޅާއިވާ ސަރަހައްދުގައި މަތީ ފަންތީގެ ބޯހިޔާވަހި ކަމަށް ހާއްސަކޮށް ޓޫރިޒަމަށް މަގުފަހިވާ ގޮތަށް ކޮންޑަމީނިއަމް އިމާރާތެއް އަޅަން ބިން ހަމަޖައްސަން ބޭނުންވާ ކަމަށެވެ.

އެގޮތުން ހިއްކި ބިމުގެ އިންޑަސްޓްރިއަލް ޒޯނަށް ހާއްސަ ކުރި ސަރަހައްދުގައި 200 ކޮޓަރި ހިމެނޭ ކޮންޑިމީނިއަމެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށާއި މީގެ ސަބަބުން އައްޑޫގެ އުމްރާނީ ތަރައްގީ އަށް ވެސް ކުރިއެރުންތަކެއް ލިބި، އޭގެ ސަބަބުން އިގުތިސާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިފަދަ މަޝްރޫއެެއް ފޭދޫގައި ހިންގަން މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޕްލޭނިން ސެކްޝަންގެ ހުށަހެޅުމުގައިވެ އެވެ.