މަކަރާއި ޙީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލާފައިވާ ހުސައިން ޝިފާއު ހޯދުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރެފިއެވެ.
ވަގު ޓީޓީ ހަދައިގެން ރާއްޖޭން ބޭރުން މުދާ އެތެރެކުރުމުގެ މުއާމަލާތް ހިންގި މައްސަލާގައި ހައްޔަރުކުރި ހުސައިން ޝާފިއު ދޫކޮށްލާފައިވަނީ މޭ 27 ވަނަ ދުވަހުއެވެ.
https://www.interpol.int/en/How-we-work/Notices/Red-Notices/View-Red-Notices#2023-50979
މި މައްސަލައިގައި ޝިފާއުގެ މައްޗަށް ވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ 7 ދައުވާއެއް އުފުލާފައެވެ.
މި މައްސަލައިގައި ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް އުފުލާފައިވާއިރު ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.
މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 ރުފިޔާއެވެ. މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ދައުވާގައި ހުށަހަޅާފައިވެއެވެ.