Last Updated: July 23, 17:52
Thursday, July 23, 2026
ޚަބަރު

ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރަން ފަށައިފި

ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ބުނެފައިވަނީ ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 24 އޯގަސްޓް 2023 ވަނަ ދުވަހު ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، 220 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 17.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.