Last Updated: August 15, 18:10
Friday, August 15, 2025
ޚަބަރު

މުއްޔާއި ނާލާފުށީގެ ކޯޒްވޭ ހަދަން އެމްޓީސީސީ އަށް

މ. މުލި އަދި ނާލާފުށި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މުލި – ނާލާފުށި ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 125587778.40 ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން މ. މުލި އާއި މ. ނާލާފުށި އާއި ދެމެދު 565 މީޓަރުގެ ކޯޒްވޭއެއް އެޅިގެންދާނެއެވެ. މި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހެދިގެން ދާނެއެވެ.

މީގެއިތުރުން ކޯޒްވޭގެ މަގުތައް ހެދުމާއި ތާރުއެޅުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.