Last Updated: August 15, 18:10
Friday, August 15, 2025
ޚަބަރު

އުދައަރާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

މަރަދޫއަށް އުދަ އެރުމުގެ ސަބަބުން ރަށުތެރެއަށް ލޮނު އަރާފައި - ފޮޓޯ: އައްޑޫލައިވް

އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ. މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 13:00 އިން ހަވީރު 17:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް އުދައެރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

މިފަހުންވެސް މާލެއަށް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ. އަދި މީގެ ކުރިންވެސް އެކި ފަހަރުމަތިން އެކި ރަށްރަށަށް ވަރަށް ބޮޑަށް އުދައަރައެވެ.