ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ކެމްޕޭނަށް ރ. އަތޮޅުގެ ރަށްތަކުގައި ޒިޔާރާތް ކުރައްވަންފަށައިފިއެވެ.
އެގޮތުން މިއަދު ހެނދުނު އުނގޫފާރުގައި ހުންނެވުމަށްފަހު އިލްޔާސް މިހާރު އަންނަވަނީ ރ. މީދުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
އެގޮތުން ރ. މީދޫގައި ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކުރައްވާ ސިޔާސަތުތައް ހާމަކުރައްވަމުން ގެންދަވައެވެ.
ރަށްރަށަށް އަރާ ބަދަރު މަތިން ހަދާފަ އޮންނަ ސަފުތަކުގެ މީހުންނާއި ސަލާމްކޮށްފައި ރަށުން ފައިބާގެން ދާ މީހުންނަށް ރަށުގެ ހާލަތާއި ވިންދު ނޭނގޭނޭ!
ދޮރުން ދޮރަށް ހިނގާ ހާލަތާއި ވިންދު ބަލަމުން ސިޔާސަތު އެކަށައެޅުމުގައި އިއްލި އުޅެނީ މާ ކުރީގަ 💙👏👏#Live 📍R.Meedhoo… pic.twitter.com/Cw6QofvRlM
— Sim (@Simwarr) August 30, 2023
ކެމްޕޭންގައި އިލްޔާސް އިއްޔެ ވަނީ ރ. އުނގޫފާރު، ރ. ހުޅުދުއްފާރު، ރ. އަނގޮޅިތީމް އަދި ރަސްގަތީމަށް ވަޑައިގެންފައެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރިއާއެކު ކެންޑިޑޭޓުން އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. އިލްޔާސްގެ އިތުރުން ރަނިންމޭޓް ހުސައިން އަމްރޫ ވެސް އަންނަނީ އެކި ރަށްރަށަށް ދަތުރުކުރައްވާ ދޮރުން ދޮރަށް ހިންގަވަމުންނެވެ.