Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދަނޑުވެރިކަމަށް ހުޅުމާލެއިން 12 ބިމެއް ދޫކުރަނީ

ކޮމިއުނިޓީ އާބަން ފާމިންއަށް ނުވަތަ ދަނޑުވެރިކަމަށް ހާއްސަކޮށްގެން ހުޅުމާލެއިން 12 ބިމެއް ދިގުމުއްދަތައް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން މިކަން ހާމަކޮށް ބުނެފައިވަނީ، މިއީ މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫގެ ދެވަނަ ބުރު ކަމަށެވެ. އަދި މީގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 673.28 އަކަފޫޓްގެ 12 ބިމެއް، 5 އަހަރުގެ ދުވަހަށް ކުއްޔަަށް ދެވިގެންދާނެއެވެ. މި ކަމަށް އެދި ހުށަހެޅޭނީ، ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި އަރބަންފާރމިންގް ގެ އެހެން ޔުނިޓް އެއް މީގެ ކުރިން ލިބިފައިވާ ފާރާތަކަށް ވެގެން ނުވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.


މިމަޝްރޫޢު 3 ކެޓަގަރީއަކަށް ކުރިއަށް ގެންދެވޭއިރު، މި 12 ބިން ދޭނީ ކޮންމެ 3 މީހެއްގެ ގްރޫޕަކަށް ކަމަށް އާބަންކޯއިން ބުނެއެވެ. ފުރަތަމަ ކެޓަގަރީ ފަރުމާކުރެވިފައިަނި އަންހެނުން ބާރުވެރިކުރުވުމަށެވެ. އެގޮތުން ދޫކުރެވޭ ޔުނިޓް ތަކުގެ 50% ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފައެވެ. ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެކެވެ. އެގޮތުން މި ކެޓަގަރީއަށް 25% ހާއްސަކުރެވިފައިވެއެވެ. ބާކީ %25 އަކީ އާންމުކޮށް ހުޅުވާލައިގެން އިއުލާން ކުރާ ކެޓަގަރީއެވެ.

މިއިން ކޮންމެ ކެޓަގަރީއަކުން ދޫކުރާ ޔުނިޓުތަކަށް ގިނަ ޚިދުމަތްތަކެއް ލިބޭނެއެވެ. މީގެ ތެރޭގައި ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުނަވާ ހުރިހާ ވަސީލަތެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިމަޝްރޫޢުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތަތަކުން އަރބަންކޯ ވެބަސައިޓް މެދުވިރޮށް ފޯރމް ޑައުލޯޑުކުރައްވައި ފޯރްމް 28 ސެޕްޓެމްބަރ 2023 ވަނަ ދުވަހު އާރބަންކޯ ހެޑްއޮފީސް އަށް ފޯމް ހުށަހަޅުމަށް އެކުންފިނިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.