Last Updated: August 15, 23:23
Friday, August 15, 2025
ވިޔަފާރި

ދިރާގުން ހިލޭ އޭޑީއެސްއެލް ގުޅައި ދެނީ

އޭޑީއެސްއެލް އިންޓަނެޓް ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށައިފި އެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މާލޭގެ އިތުރުން، އޭޑީއެސްއެލް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ގޭގެއަށާއި ކުދި ވިޔަފާރިތަކަށް ހިލޭ އޭޑީއެސްއެލް ކަނެކްޝަން ގުޅައި ދޭނެ އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ހިލޭ ކަނެކްޝަން ގުޅައި ދެނީ ޕްރޯ އަންލިމެޓްޑް 15 އެމް، ޕްރޯ އަންލިމިޓެޑް 5 އެމް، ޕްރޯ އަންލިމިޓެޑް 1 އެމް، ހޯމް ޕްރިމިއާ 10އެމް، ހޯމް ޕްރިމިއާ 4އެމް، ހޯމް ޕްލަސް، ސްޓޫޑަންޓް ސްޓާޓާ، ސްޓޫޑަންޓް ލައިޓް، ހޯމް އަލްޓްރާ ފާސްޓް ޕްލަސް، ހޯމް އަލްޓްރާފާސްޓް އަދި ކުދި ވިޔަފާރި ތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފިކްސްޑް ބްރޯޑްބޭންްޑް ބިޒްނަސް ޕެކޭޖުތަކަށެވެ.

އޭޑީއެސްއެލް ހިދުމަތާ ގުޅޭ ޕްރޮމޯޝަނެއް ދިރާގުން ފަަށާފައި ވާއިރު، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީ އިންޓަނެޓުގެ ހިދުމަތް ދޭން ވެސް ދިރާގުން ވަނީ ނިންމާފަ އެވެ.