Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ލިޔުންތެރިޔާ ރުސްކިންގެ ހަޔާތް ފިލްމަކަށް

އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންރެރިޔާ ރުސްކިން ބޮންޑްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ސްކްރީންރައިޓަރު/ޅެންވެރިޔާ ނިރަންޖަން އަޔަންގަރު އެވެ. އޭނަ އަކީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކުގެ ޑައިލޮލްގްތައް ލިޔެފައިވާ މީހެކެވެ. އޭގެ ތެރޭގައި "ކަލް ހޯ ނަ ހޯ"، "ކަބީ އަލްވިދާ ނާ ކެހެހާ"، "ސްޓޫޑެންޑް އޮފް ދި އިޔާ"، "ފެޝަން"، "މައި ނޭމް އިޒް ހާން"، "އޭ ދިލް ހެ މުޝްކިލް" އަދި "ހެރޮއިން" ފަދަ މަޝްހޫރު އެތައް ފިލްމެއް ހިމެނެ އެވެ.

ރުސްކިން، 89، ގެ ބައޯޕިކްގައި އޭނަގެ ރޯލު ކުޅެން ނަގާފައި ވަަނީ އެކްޓަރު ވިކްރާންތު މަސީ އެވެ.

ނިރަންޖަން ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވުމާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އޭނަ އަށް މަރުހަބާ ކިޔައި، އާ ދަތުރަށް ކާމިޔާބީ އަށް އެދިފައިވެ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ.

ރުސްކިންގެ ހަޔާތުގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމި އިރު، އޭނަ ލިޔުނު ބައެއް ވާހަކަތަކަކަށް ފިލްމުތައް ހަދާފައިވެ އެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ ކުޅުނު 2011 ގެ "ސާތު ހޫ މާފު" އާއި ޝަޝީ ކަޕޫރްގެ 1978 ގެ "ޖުނޫން" ހިމެނެ އެވެ.

ރުސްކިންގެ ވާހަކަ ކިޔައިދޭ ފިލްމަށް ތައްޔާރީތައްވަމުން އަންނަ އިރު، އޭގެ ނަމާއި މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.