Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އާލިއާ މާޝަލް އާޓްސް ޓްރެއިނިން ހަދަނީ

އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ތިން މަސް ދުވަހަށް މިކްސްޑް މާޝަލް އާޓްސް އެމްއެމްއޭ) ޓްރެއިނިން ހަދަން ތައްޔާރުވާން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ މިއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ވަރުގަދަ އެކްޝަން ތުރިލާއަކަށް ހުނަރުވެރި ބަތަލާ ވާން ޖެހޭ ތައްޔާރީތަކުގެ މުހިއްމު އެއްބައި ކަމަށެވެ. ނަމާއި އަދި ޑައިރެކްޓްކުރާނެ މީހަކު އިއުލާން ނުކުރާ މި ފިލްމަކީ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަލްމާން ޚާނާއި ޝާހްރުކް ޚާންގެ އިތުރުން ރިތިކް ރޯޝަން ހިމަނައިގެން ވައިއާރްއެފުން ގެނެސްދޭން ފަށާފައި އޮތް އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ހަދާ ފުރަތަމަ ބަތަލާއިން ލީޑްކުރާ ފިލްމެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އާލިއާއާ އެކީ މި ފިލްމުގައި ޒުވާން ބަތަލާ ޝަރުވާރީ ވާގް ވެސް ހިމެނެ އެވެ. އޭނަ އަކީ ވައިއާރްއެފްގެ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އިން ތައާރަފުކުރި ބަތަލާއެކެވެ.

އާލިއާ އާއި ޝަރުވާރީ ފިލްމަށް ތައްޔާރުވުމުގެ ގޮތުން މާޝަލް އާޓްސްގެ ވަރުގަދަ ޓްރެއިނިންތަކެއް ހެދުމަށް ފަހު، ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ޕްލޭންކޮށްފައިވެ އެވެ.

މި ފިލްމު ވާނީ މި އަހަރު މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުކުރި އާލިއާ، 30، ވައިއާރްއެފަށް ކުޅޭ ފުރަތަމަ ފިލްމަށެވެ. އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 11 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ހޮލީވުޑްގެ ސްޕައި އެކްޝަން ތުރިލާ "ހާޓް އޮފް ސްޓޯން" އެވެ.