Last Updated: August 15, 18:10
Friday, August 15, 2025
ޚަބަރު

ސްޓޭޓް މިނިސްޓަރު ޒުހެއިރު އިސްތިއުފާ ދެއްވައިފި

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ސަރުކާރުން އިސްތިއުފާ ދެއްވައިފިއެވެ.

ޒުހައިރު ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ. އޭނާ އެމަގާމުގައި ހުންނެވީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުހައިރު ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުންވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންގެ ކެމްޕޭނުގައި ހަރަކާތްތެރިވުމުގެ ގޮތުންނެވެ.

މިފަހުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝާހު އަބްދުﷲ މާހިރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އޭނާ ވަނީ ޖުމްހޫރީ ޕާޓީންވެސް އިސްތިއުފާ ދެއްވާ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެވެ.