Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ކައުންސިލަށް ހަތަރު ޕިކަޕް ގެނެސްފި

ޔޫކޭގެ ކޮންސަލްޓެންޓާ އެކު ކައުންސިލުން މަޝްވަރާ ކުރަނީ. ފޮޓޯ/ އައްޑު ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ މުނިސިޕަލް ހިދުމަތްތަކުގައި ބޭނުން ކުރަން ޕިކަޕްތަކެއް އައްޑު އަށް ގެނެސްފި އެވެ.

ކައުންސިލުން ގެނައި ހަތަރު ޕިކަޕަށް ޚަރަދުވީ ކިހާ ވަރެއްކަން ހާމަކޮށްފައި ނުވާއިރު ބައެއް ފަރާތްތަކުން ދަނީ ޕިކަޕް ގެނައުމުގައި ކޮރަޕްޝަންގެ އަމަލްތަކެއް އެކުލެވޭ ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.

އައްޑޫ ލައިވަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަށް ގެނައި ހަތަރު ޕިކަޕަކީ ވެސް ކައންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ގަނެފައިވާ ޕިކަޕްތަކެއް ކަމަށެވެ.

ކައުންސިލުން ހާމަކުރި ގޮތުގައި ޕިކަޕްތައް މުނިސިޕަލް ހިދުމަތްތަށް ބޭނުން ކުރަން ފެށުމުން، މަސައްކަތްތަކަށް އިތުރު ފަސޭހަ ކަމެއް ލިބިގެން ދާނެއެވެ.