Last Updated: August 15, 18:10
Friday, August 15, 2025
ޚަބަރު

ހިމަންދު އާއި އޮޅުވެލިފުށީގެ މަޝްރޫއުތަކެއް ނިންމައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. ހިމެންދޫ އަދި ޅ. އޮޅުވެލިފުށީ ގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެގޮތުން އއ. ހިމެންދޫ ފުޓުބޯޅަ ދަނޑާއި ޅ. އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވީ މިއަދު އެ ދެރަށަށް ވަޑައިގެންނެވެ.

ހިމެންދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

އޮޅުވެލިފުށީ އިންޖީނުގެއަކީވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިންޖީނުގެއެކެވެ. އައު އިންޖީނުގެ ބިނާކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

ރައީސް ސޯލިހް ކެމްޕޭންގައި ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެކި ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް އަންނަނީ އިފްތިތާހު ކޮށްދެއްވަމުންނެވެ.