Last Updated: May 7, 10:06
Tuesday, May 7, 2024
ޚަބަރު

ތިލަފުށީގައި މޮޓޯ ސްޕޯޓްސް ޓްރެކެއް އަޅަނީ

ޔޫތު މިނިސްޓްރީ އާއި އާބަންކޯ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އާބަންކޯ

ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ޤާއިމް ކުރުމަށް ބޭނުންވާ ބިން ޔޫތު މިނިސްޓްރީއަށް އާބަންކޯއިން ހަމަޖައްސައި ދީފިއެވެ.

މިއަދު އާބަންކޯގައި ބޭއްވި ރަސްމީއްޔާތުގައި އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަހްމަދު އެވެ. މި ރަސްމީއްޔާތުގައި ރާއްޖޭގެ ރޭސިންގް އެސޯސިއޭޝަންގެ ފަރާތުން އެ ޖަމީއްޔާގެ ރައީސް މުހައްމަދު ޝާމިހް ބައިވެރިވެވަޑައިގެންނެވިއެވެ.

ތިލަފުށީ ފޭސް 2 އިން މި ބިން ހަމަޖައްސައި ދިންއިރު، މި ބިމަކީ 10 ހެކްޓަރުގެ ބިމެކެވެ. މި މަޝްރޫއުގެ މަގުސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯރ ސްޕޯރޓްސް އަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުން ކަމަށް އާބަންކޯއިން ބުނެއެވެ.


މި ހަފްލާފައި ވާހަކަ ދައްކަވަމުން އަރބަންކޯގެ މެނޭޖިންގް ޑިރެކްޓަރ ވަނީ " މިހާރު ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، އިނަޓަރނޭޝަނަލް ސްޓޭންޑަރޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު މިހާރު މިވަނީ ހަމަޖެހިފައި" ވިދާޅުވެފައެވެ.

ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ރޭސިންގް އެސޯސިއޭޝަންގެ ރައީސް، ޝީމާހް ވިދާޅުވީ މިތަން ވަކިން ރޭސް ޖެހުމަށް ހާއްސަ ނުކުރާނެ ކަމަށާއި، މޮޓޯ ސްޕޯޓްސްގެ ހުރިހާ ޑިސިޕްލިންއަކަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ކުރިއަރަމުން އަންނަ މޮޓޯ ސްޕޯޓްސް އަކީ މިވަގުތު ޒުވާނުންގެ މެދުގައި މަޤްބޫލު ކުޅިވަރު ހަރަކާތެކެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަދި މާލޭގައިވެސް އެކި ހުނަރު ދައްކާލުމާއި މުބާރާތްތައް އިންތިޒާމު ކުރެވެއެވެ. މިކަމުގެ ސަބަބުން މިފަހަރުގެ އިންތިހާބުގެ ވަޢުދުތަކުގެ ތެރޭގައި މިހާރުގެ ސަރުކާރުން އަދި އިދިކޮޅު ފަރާތްތަކުންވެސް ވަނީ ރޭސް ޓްރެކްތައް ޤާއިމްކޮށް ދިނުމަށް ވަޢުދު ވެފައެވެ.