Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އުރީދޫ މައި އޮފީހުގެ ފޮޓޯ އާއި ވީޑިއޯ ޝެއާކޮށްގެން އިނާމު

ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އޮފީހުގެ ފޮޓޯ އަދި ވީޑިއޯ ނަގައިގެން އިންސްޓަ-360 ޕޮކެޓް ކެމެރާއެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

އުރީދޫއިން މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ. އުރީދޫގެ މި މުބާރާތުގައި ދެ ފޮޓޯ އަދި ވީޑިއޯ ކެޓަގަރީން ވާދަ ކުރެވޭއިރު، ކޮންމެ ކެޓަގަރީއަކުން ހޮވޭ ފަރާތަކަށް އިންސްޓަ-360 ކެމެރާއެއް ލިބޭނެއެވެ. އުރީދޫގެ މި މުބާރާތުގައި ބައިވެރިވެވޭނީ އިންސްޓަގްރާމް، ފޭސްބުކް، ޓްވިޓަރ އަދި ޓިކްޓޮކް މެދުވެރިކޮށެވެ.

އެ ކުންފުނިން ބުނީ މި މުބާރާތަށް ސޯޝަލްމީޑިއާއަށް ދޫކޮށްލާ ފޮޓޯ ނުވަތަ ވީޑިއޯއަކީ އެމީހަކު އަމިއްލައަށް ނަގާފައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި ކޮންމެ މީހަކަށްވެސް އެއް ފޮޓޯ ނުވަތަ ވީޑިއޯއަށްވުރެ ގިނައިންވެސް ލެވޭނެ ކަމަށެވެ.


އުރީދޫން ބުނީ އެ މުބާރާތުގައި ބައިވެރިކުރާ ފޮޓޯ އާއި ވީޑިއޯތަކަށް ޖަޖު ކުރާނީކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުން ކަމަށެވެ.

އަދި ޖަޖު ކުރާއިރު ބަލާނެ ކަންކަންވެސް އެ ކުންފުނިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ފޮޓޯ އަދި ވީޑިއޯއިން ދޭހަވާ ވާހަކައަށާއި، ކޮލިޓީ އަދި ނަގާފައިވާ ނަޒަރީއްޔާތަށް ޖަޖް ކުރެވޭނެއެވެ.

އުރީދޫއިން ވަނީ މި މުބާރާތް ނިމުމުން ފޮޓޯ އަދި ވީޑިއޯގެ ކެޓަގަރީއިންވެސް ކޮންމެ ކެޓަގަރީ އަކުން އެންމެ ރަނގަޅު އެއްޗެއް ހޮވުމަށްފަހު އެފަރާތަކަށް އިނާމު ހަވާލުކުރާނެ ކަމަށް ބުނެފައެވެ.