މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހޭޝް އޮއިލް ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާ އެކު އައްޑޫން މާލެ ދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއަރޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 20 އަހަރާއި 21 އަދި 22 އަހަރުގެ ދިވެހި ތިންފިރިހެނުންނަކީ ވެސް ހިތަދޫ އަށް ނިސްބަތްވާ 3 މީހުންނެވެ.
އައްޑޫން މާލެ އަންނަ ފުލައިޓަކުން މަސްތުވާތަކެތި ގެންނަ ކަމުގެ މަޢުލުމޫމާތު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 10:30 ހާއިރު އެވެ.
އަންގާރަ ދުވަހުގެ ރޭ އަތުލައިގެންފައިވާ މަސްތުވާތަކެތީގެ އަގު އެއް މިލިއަން ރުފިޔާ އާއި ގާތް ކުރާނެ ކަމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މަޢުލޫމާތު ދެ އެވެ.