އައްޑޫ ސިޓީގެ ބައެއް ފުޓުބޯޅަ ދަނޑުތަކުގައި ލައިޓް ހަރު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.
ފަންސާސް ފަސް ދުވަހުގެ ތެރޭގައި ލައިޓް ޖެހުމުގެ މަސައްކަތް ނިންމަން ޖެހޭ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ބެސްޓް ޕްރައިސް ހާޑްވެއާ އާއި އެވެ.މި ޕްރޮޖެކްޓްގެ ދަށުން ލައިޓް ޖަހަން ހަމަ ޖެހިފައި ވަނީ ހިތަދޫގެ 3 ދަނޑެއްގެ އިތުރުން މަރަދޫ،މަރަދޫފޭދޫ އަދި ހުޅުދޫ ދަނޑެއްގައެވެ.
ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދަނޑުތަކުގައި ލައިޓް ޖެހުމުން އައްޑޫ ސިޓީގެ ޒުވާނުންނަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.އަދި ލައިޓް ޖެހި ދަނޑުތައް ބޭނުން ކުރަން ފަށާއިރަށް ދަނޑު ދޫކުރާނެ އުސޫލްތަކެއް ހަމަ ޖެއްސުމަށް ވިސްނަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.