Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އައިއޯޓީ ވޯލްޑް އެލަޔަންސަށް އުރީދޫ ގްރޫޕް

އައިއޯޓީ ވޯލްޑް އެލަޔަންސް ނުވަތަ ދުނިޔޭގެ ޓެލެކޮމް އޮޕަރޭޓަރުންގެ އެންމެ ބޮޑު އިއްތިހާދާއި ރާއްޖޭގެ ޓެލެކޮމް ޚިދުމަތްދޭ ކުންފުނި އުރީދޫގެ މައި ކުންފުނި އުރީދޫ ގްރޫޕުން ގުޅިއްޖެއެވެ.

މި އެއްބަސްވުމާއެކު އުރީދޫ އަކީ އައިއޯޓީ ވޯލްޑް އެލަޔަންސް ގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުނި އެވެ. އައިއޯޓީ ވޯލްޑް އެލަޔަންސަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ނެޓްވޯކް އޮޕަރޭޓާ ކޯޕަރޭޓިވް އެވެ. ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ އައިއޯޓީ ކަނެކްޓިވިޓީ ޓްރެންޑްތައް ބަލައި، ކަނެކްޓެޑް ޑިވައިސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ޕާޓްނަރުންނާއި ކަސްޓަމަރުންނާއި އެކު ތަޖުރިބާތަށް ހިއްސާކުރާ ހާއްސަ ފޯރަމެކެވެ.

މިކަމުގެ ސަބަބުން އުރީދޫގެ ހިދުމަތް ދޭ މާކެޓް ތަކުގެ ލޯކަލް ގަވައިދުތަކުގެ މައުލޫމާތު އެލަޔަންސްއަށް ފޯރުކޮށްދީ ސަރަހައްދީ މާކެޓުތަކުގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން ވަރުގަދަވެގެންދެ އެވެ. މީގެ އިތުރުން އުރީދޫއިން ޚިދުމަތް ދޭ ޤައުމުތަކަށް ދަތުރުކުރާ އެހެން ނެޓްވޯކުތައް ބޭނުން ކުރާ ފަރާތްތަަކަށް މެދު ނުކެނޑި ކަނެކްޓިވިޓީ ދިނުމަށްވެސް މަގުފަހިވެގެންދާ ކަމަށް އުރީދޫއިން ބުނެއެވެ.


އުރީދޫގެ މައި ކުންފުނިން މި އިއްތިހާދުގައި ބައިވެރިވުމާއެކު، މިކަމުގެ ފައިދާ އުރީދޫގެ ގްރޫޕުގެ ކުންފުނިތައް ހިންގަމުންދާ ހުރިހާ ޤައުމަކަށް ކުރާނެއެވެ. އެގޮތުން މައުލޫމާތު ހިއްސާކޮށް ބަދަލު ކުރުމާއި، އައިއޯޓީ ސޮލިއުޝަންތައް މިހާރުވެސް ރާއްޖޭގައި އެކުންފުނިން ދަނީ ތަޢާރަފް ކުރަމުންނެވެ. މިގޮތުން 2019 ވަނަ އަހަރު ތަޢާރަފް ކުރެވުނު 5ޖީ ޚިދުމަތް މިވަގުތު މުޅި ގްރޭޓަރ މާލެ ސަރަހައްދައް ލިބެމުންދެއެވެ. އަދި މީގެ އިތުރުން އުރީދޫއިން ވަނީ ރާއްޖޭގެ ފުރަތަމަ ޓިއާ 3 ސެޓިފިކޭޝަން ރެޑީ ޑޭޓާ ސެންޓަރެއްވެސް ތަޢާރަފްކޮށްފައެވެ.

އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ދަށުން ހދ.ކުޅުދުއްފުށީގައި ނެޓްވޯކް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ދެވަނަ ޑޭޓާ ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައިޕަރސްކޭލްގެ ޚިދުމަތާއި، ކަނެކްޓިވިޓީ އިތުރުކުރުމުން، މި ތަރައްޤީގެ ސަބަބުން ވިޔަފާރިތައް ބާރުވެރިވެ، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް މަގުފަހިވެ، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އުރީދުން ކުންފުނިން ޤަބޫލު ކުރެއެވެ.

އުރީދޫ ގްރޫޕުން ބުނެފައިވަނީ މި އެއްބަސްވުމާއެކު ދުނިޔޭގެ ފެންވަރުގައި އައިއޯޓީ ސޮލިއުޝަންސް ތައާރަފްކޮށް ފޯރުކޮށްދީ، އުރީދޫ ޚިދުމަތް ދޭ މެދުއިރުމަތި، ދެކުނުއިރުމަތީ އޭޝިއާ އަދި އުތުރު އެފްރިކާ ސަރަހައްދުގައި އައޯޓީ ސޮލިއުޝަންތައް ތަޢާރަފްކުރުމަށް އެ ޤައުމުތަކުގެ އެތެރޭގެ ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލު ކުރަން އުރީދޫގެ ތަޖުރިބާއާއި އެހީތެރިކަން ލިބޭނެ ކަމަށެވެ. އައިއޯޓީ ވޯލްޑް އެލައެންސުންވެސް ވަނީ މި ސަރަހައްދުތަކުގެ ޤައުމުތަކަށް އިތުރު ޑިވައިސްތައް ތަޢާރަފް ކުރުމުގައި އުރީދޫ މުހިންމު ރޯލެއް އަދާ ކުރާނެ ކަމަށް ބުނެފައެވެ.

އެލަޔަންސްގެ ގެ މެމްބަރުންގެ ހުނަރާއި ގާބިލުކަމުގެ ބޭނުން ހިފައި، އައިއޯޓީ ޓެކްނޮލޮޖީތަކަށް އަހުލުވެރިކޮށް، ޑިޖިޓަލް ޓްރާންސްފޯމޭޝަން ޑކުރިއަރުވައި، އެންމެންނަށް ވެސް މިހާރަށްވުރެ ސްމާޓް ގުޅިފައިވާ ދުނިޔެއެއް އުފެއްދުމަކީ އުރީދޫ ގެ އަމާޒެކެވެ.