Last Updated: July 15, 17:55
Wednesday, July 15, 2026
ކުޅިވަރު

ސިންގަލްސް އިން ދީމާ އަށް ރަން މެޑަލް

ރާއްޖޭގެ ފާތިމަތު ދީމާ އަލީ - ފޮޓޯ: އެމްއޯސީ

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ޓޭބަލް ޓެނިސްގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކާމިޔާބުކޮށްފި އެވެ.

ދީމާ ޗެމްޕިއަންކަން ހޯދީ މިއަދު ކުޅުނު ފައިނަލްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްއާ ވާދަކޮށް 2-4 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް 2-11 އިން ރަފާ ގެންދިޔައިރު ދެވަނަ ސެޓް 12-14 އިން ގެންދިޔައީ ދީމާ އެވެ. އަދި ޖެހިގެން އައި ދެ ސެޓް 9-11 އަދި 7-11 އިން ދީމާ ކާމިޔާބު ކުރިއިރު ފަސްވަނަ ސެޓް 8-11 އިން ގެންދިޔައީ ރަފާ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ރަން މެޑަލް ދީމާ ކަށަވަރުކުރީ ހަވަނަ ސެޓް 8-11 އިން ކާމިޔާބުކޮށްގެންނެވެ.

މި އިވެންޓުގެ ފައިނަލްގައި 2019 ގެ އައިއޯއައިޖީގައި ވެސް ވާދަކުރީ މި ދެ ކުޅުންތެރިންނެވެ. އެފަހަރު ވެސް ރަން މެޑަލް ގެންދިޔައީ ދީމާ އެވެ.

ރަފާ އާއި ދީމާ ވަނީ މިފަހަރުގެ މުބާރާތުގައި އަންހެން ޑަބަލްސްގެ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. މި މުބާރާތުގައި ރާއްޖެ އަށް އެންމެ ގިނަ މެޑަލް ހޯދައިދީފައިވަނީ ޓޭބަލް ޓެނިސް ޓީމުންނެވެ.