Last Updated: July 15, 16:49
Wednesday, July 15, 2026
ކުޅިވަރު

ފެލިކްސް އާއި ކަންސެލޯ ބާސާ އަށް

އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް ޖައޯ ފެލިކްސް އާއި މެންޗެސްޓާ ސިޓީގެ ފުލްބެކް ޖައޯ ކަންސެލޯ ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ.

މި ދެ ކުޅުންތެރިން ވެސް ބާސާ އަށް ބަދަލުވީ ލޯނެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ.

ކަންސެލޯ ،29، ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގެ ފަހު ބައިގައި ކުޅުނީ ޖަރުމަނުގެ ބަޔާން މިއުނިކަށެވެ. އަދި ފެލިކްސް ،23، ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގައި ކުޅުނީ ޗެލްސީ އަށެވެ. މި ދެ ކުޅުންތެރިންނަށް ވެސް މިދިޔަ ސީޒަނުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ފެލިކްސް ބާސާ އަށް ބަދަލުވީ އެތްލެޓިކޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2029 ގެ ނިޔަލަށް އިތުރުކުރުމަށްފަހު އެވެ. ޗެލްސީގައި ހޭދަކުރި މުއްދަތުގައި ކުޅުނު 20 މެޗުގައި ފެލިކްސް އަށް ކާމިޔާބު ކުރެވުނީ އެންމެ ހަތަރު ގޯލެވެ.

ކަންސެލޯ ސިޓީއާ ގުޅުނީ 2019 ގައި ޔުވެންޓަސް އިން 60 މިލިއަން ޕައުންޑްގެ އަގެއްގަ އެވެ. ކަންސެލޯ ވަނީ ސިޓީއާއެކު ޕްރިމިއާ ލީގު ދެ ފަހަރު ހޯދައިފަ އެވެ.