މިދިޔަ މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ރަޖްނީކާންތުގެ ފިލްމު "ޖެއިލާ" މި މަހުގެ 7 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލަން ނިންމައިފި އެވެ.
މިދިޔަ މަހުގެ 10 ގައި ސިނަމާތަކަށް ގެނައި މި ފިލްމަކީ ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކުރި އެކްޝަން ކޮމެޑީއެކެވެ. ޖުމްލަ 240 ކްރޯޑް ރުޕީސް (29 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ޖެއިލާ" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 602 ކްރޯޑް ރުޕީސް (73 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
މި ފިލްމުގެ ކާސްޓްގައި ތަމަންނާ ބާޓިއާ، ޖެކީ ޝްރޮފް، ރާމިއާ ކްރިޝްނަން، ވިނާޔަކަން އަދި ވަސަންތު ރަވީ ފަދަ ތަރިން ހިމެނެ އެވެ. "ޖެއިލާ" ގެ ލަވަތަކުގެ ތެރެއިން ތަމަންނާ ކެޗީ ޑާންސްތަކެއް ފެންނަ "ކާވާލާ" އަކީ ފިލްމު ރިލީޒްކުރުމުގެ ކުރިން ވަރަށް ބޮޑަށް ޓްރެންޑްވި ލަވައެކެވެ.