ދިވެހިންގެ ކުރީގެ ދިރިއުޅުން ދައްކުވައިދޭ "ޓްރެޑިޝަނަލް ވިލެޖެއް" ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޝަންގްރިއްލާ ރިސޯޓުން ބުނެފިއެވެ.
އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަލްވިން ޑްރެގޯ، މީޑިއާ ތަކަށް ވިދާޅުވީ އެތަނުގައި ދިވެހި ކާބަފައިންގެ ދިރިއުޅުން ދައްކުވައި ދޭ ކަހަލަ “ޓްރެޑިޝަނަލް ވިލެޖެއް” ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ވިލެޖް ތަރައްގީ ކުރާނީ ދިވެހިން އެންމެ ފުރަތަމަ ގެދޮރު އަޅައި، އެ ތަންތަން ޒީނަތްތެރިކޮށްފައި ހުންނަ ގޮތަށް ކަމަށެވެ. މީގެ އިތުރުން އެތަނަކީ ދިވެހިންގެ ކުރީގެ ދިރިއުޅުން ވަރަށް ފުރިހަމަ އަށް ދައްކުވައި ދޭނެ ތަނަކަށް ވެގެންދާނެކަމަށާއި ހަމަ އެތަނުގައި ދިވެހިންގެ އުފެއްދުންތައް ތައްޔާރުކޮށް، ވިއްކޭނެ އިންތިޒާމްތަކެއް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހު ވިލިގިލި ރިސޯޓްގެ ޖީއެމްކަމާ ހަވާލުވެވަޑައިގެންނެވި އިންޑިއާގެ ރައްޔިތެއް ކަމުގައި ވާ އަލްވިން އިތުރަށް ވިދާޅުވި ގޮތުގައި “ޓްރެޑިޝަނަލް ވިލެޖް”ގެ އަމަލީ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ އިރު އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު ވިލިގިލި ރިސޯޓްގެ ޖީއެމްކަމާ ހަވާލުވެވަޑައިގެންނެވި، އިންޑިއާ އަށް ނިސްބަތްވާ އަލްވީން ވިދާޅުވި އެވެ.
ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ތަރައްގީއަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުމެއް ދޭ ތަނެއްގެ އިތުރުން އައްޑޫގެ ސްކޫލްތަކަށް ވެސް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ތަނެކެވެ.