Last Updated: August 15, 14:51
Friday, August 15, 2025
ޚަބަރު

މުއިއްޒުގެ ވާހަކަ ދެއްކީ ރަނގަޅަށް އެނގޭތީ

އިމްރާން އަބްދުﷲ- ފޮޓޯ: އަދާލަތު ޕާޓީ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން ރޭގެ ޖަލްސާގައި ވާހަކަ ދެއްކީ މުއިއްޒު “ފުދޭވަރަކަށް” އެނގޭތީ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާއަށްފަހު އޭނާއަށް ވަރަށްގިނަ މީހުން ގުޅާ މެސެޖުކޮށް ހަދަމުންދާ ކަމަށެވެ.

“އަޅުގަނޑު ޑރ. މުއިއްޒުއާ ބެހޭގޮތުން ކުޑަ އެެއްޗެއް މި ބުނެލީ، އަޅުގަނޑަށް ޑރ. މުއިއްޒު ފުދޭވަރަކަށް އެނގޭތީ.” އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެގޮތަށް އެ ވާހަކަ ދެއްކީ، އެނގޭ މީހުން ނޭންގޭ މީހުނަށް ބުނެދިނުމަކީ އޮތް ކަމަކަށް ވާތީ ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މުއިއްޒުގެ ރިޔާސީ ޓިކެޓަކީ ވަގަށް ހޯއްދެވި އެއްޗެއް ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ޔާމީން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމާ މެދު އެންމެ ބޮޑަށް އުފާކުރައްވާ ބޭފުޅަކީ ވެސް މުއިއްޒެވެ. އަދި ޔާމީނަށް ހުކުމް ކުރި ދުވަހު ވެސް މާލޭގެ މޭޔަރަކަށް މިހާރު ހުންނެވި މުއިއްޒު ވަރަށް އުފަލުން އުޅުއްވި ކަމަށް އިމްރާން ވިދާޅުވިއެވެ.