މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އެތުލެޓިކްސްގެ 4 ގުނަ 400 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ޓީމް ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
ހަތަރެއް ގުނަ 400 މީޓަރު ރިލޭ ރާއްޖޭގެ ޓީމުން ނިންމީ 3:45:99 ސިކުންތުން ދުވެގެންނެވެ. އެއްވަނަ ހޯދީ 3:45:78 ސިކުންތުން ދުވެގެން މަޑަގަސްކަރަ އެވެ. ދެ ވަނަ ހޯދީ 3:52:76 ސިކުންތުން ދުވެގެން މޮރިޝަސް އެވެ.
މިއީ މިފަހަރުގެ ގޭމްސްގައި އަންހެން ރިލޭ ޓީމުން ހޯދި ދެވަނަ މެޑަލް އެވެ. މީގެކުރިން އަންހެން ރިލޭ ޓީމުން ވަނީ 4 ގުނަ 100 މީޓަރު ދުވުމުން ވެސް ރާއްޖެ އަށް ލޯ މެޑަލެއް ހޯދައިދީފަ އެވެ. އެއީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހުގައި އަންހެން ރިލޭ ޓީމުން ހޯދި ފުރަތަމަ މެޑަލް އެވެ.
މީގެއިތުރުން އެތުލެޓިކްސްގެ މިކްސް ރިލޭ ޓީމުންވެސް ލޯ މެޑަލް ހޯދިއިރު ރާއްޖޭގެ ޕެރަ ދެ އެތުލީޓުންކަމަށްވާ އަބްދުއްރައްޒާގު އަބްދުއްސަމަދު އާއި ފާތިމަތު އިބްރާހިމް ވެސް އެ ދެ އެތްލީޓުން ވާދަކުރި އިވެންޓުތަކުން ވެސް ލޯ މެޑަލް ހޯދައިފަ އެވެ.