ވިނަރެސް ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަަށް ލުއިގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.
ވިނަރެސް ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން، އާބަންކޯއިން ވަނީ ގުޅީފަޅު އަދި ސީލައިފް މަޝްރޫޢުގެ އިތުރުން ހިޔާ މަޝްރޫޢުއިން މި މަޝްރޫޢަަށް ބަދަލުވި ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ފަށާފައެވެ. މިހާތަނަށް ތަޅުދަނޑި ހަވާލު ނުކުރެވި ވަނީ މި ފްލެޓްތައް ގަންނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައެޅި ލިސްޓުގައި ހިމެނޭ ފަރާތްތައް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މިހާރު އެފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯއިން ބުނެއެވެ.
މިފަރާތްތަކަށްވެސް ވިހާވެސް ފަސޭހަކޮށްދިނުމުގެ ގޮތުން، އަދި ލިސްޓުގައި ހިމެނިފައިވާ ފަރާތެއް އެ ފަރާތުގެ ނަން އުނިނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމުގެ ގޮތުން 'ލީސް ޓު އޯން' މޮޑެލް ދަށުން ތިބި ފަރާތްތަކަަށް ވަނީ އިތުރު ފުރުސަތުތަކެއް ފަހިކޮށްދީފައެވެ.
ވިނަރެސް ލިސްޓްގައި ނަން އޮތް ފަރާތްތަކަށް ހަމަޖެހިފައިވާ ފަސޭހަ އުސޫލުތަކާއިއެކު ތަޅުދަނޑި ލިބޭނެ.
އަދި ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތެއް އުނި ނުވާނެ ގޮތްތަކެއް ހޯދައި ދިނުމަށް، މާލީ ޤާބިލިއްޔަތުކަން ފުރިހަމަކުރުމުގެ އިތުރު ފުރުސަތެއް ހޯދައިދީ ލުއިތަކެއް މިހާރު މިވަނީ… pic.twitter.com/8bNwUkccSl
— Urbanco (@hdcmaldives) September 3, 2023
މީގެ ތެރޭގައި އާމްދަނީ ސާބިތުކުރުމަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް ހުށަހެޅުން، އެމް.އެމް.އޭ ގެ ކްރެޑިޓް ރިޕޯޓް ހުށަހަޅާފައިނުވާ ފަރާތްތަކުން މި ރިޕޯޓް ހުށަހަޅެން، އެލިޖިބަލް އީ.އެމް.އައި ސާބިތުނުވާނަމަ، ފޯމު މެދުވެރިކޮށް ގެރެންޓަރ އެއް ހަމަޖެއްސުމުގެ ފުރުސަތު އަދި މިގޮތުން ގެރަންޓަރ ގެ ކްރެޑިޓް ރިޕޯޓާއި އެކު އައިލީ ގުޅުން ނެތް ފަރާތްތައްވެސް ހަމަޖެއްސުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާފައި ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިކަމުގައި ބޭނުންވާ ފޯމުތައް ފުރުމަށް އާބަންކޯ ޓީމުން އެހީވާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މިގޮތަށް ބަދަލު ގެނެސް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ވީހާވެސް ގިނަ ފަރާތްތަކަށް ވިނަރެސް އެޕާޓްމަންޓްތައް ބައްލަވައިގަތުމުގެ ފުރުސަތު ފަހިކޮށްދީ، ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ފުރުސަތުތައް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.
މިއަހަރު ފެބްރުއަރީ މަހު އާންމުކުރި ވިނަރެސްގެ ދައީމީ ލިސްޓުގައި މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1،094 މީހަކު ޝަރުތު ހަމަވެއެވެ. އަދި މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކު ޝަރުތު ހަމަވެ އެވެ. މީގެ ކުރިން ނެރުނު ވަގުތީ ލިސްޓުގައި ޝަރުތު ހަމަވީ 723 މީހެކެވެ.